ފުވައްމުލަކުގައި މޫދަށް އެރިއުޅުނު 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ފުވައްމުލަކުގައި މޫދަށްއެރިއުޅުނު މީހަކު ގެނބިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 07:30 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ އެޒުވާނާ މޫދުން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.






