Close

ކާބޯތަކެތީގެ އަގުހެޔޮކުރުމަށް ޚާއްސަ ސިޔާސަތުތަކެއް ތަޢާރަފްކުރަނީ!

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީށް އޮފީސް

ކާބޯތަކެތީގެ އަގުހެޔިކުރުމަށް ޚާއްސަ ސިޔާސަތުތަކެއް ތައާރަފްކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަ ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ސިޔާސަތުތަކުގައިވާ ޓައިމްލައިނާ އެއްގޮތަށް ކުރެއްވުމަށް ނިންމެވި ކަންކަމުގެ ތެރޭގައި، ޔުޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކުރުމާއި، އިޢާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުރުރާސްތާ އަދި މެދުރާސްތާ ޕްލޭނެއް އެކުލަވާލުމަށް ނިންމެވުން ހިމެނެއެވެ.

ހަމަމިއާއި އެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަންކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި ކޯލްޑް ސްޓޯރޭޖްތައް ޤާއިމުކުރާނެ ސަރަހައްދުތަކެއް، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކަނޑައެޅުއްވުމަށްފަހު، އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ނިންމެވިއެވެ.

ހަމައެއާއެކު އެތަންތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެންނަ މޮޑެލް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕްބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އިން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ.

މީގެ އިތުރުންވެސް ރާއްޖޭގައި ޤާއިމުކޮށްފައިވާ ވިޔަފާރި ބަނދަރުތަކުން ނަގަމުންދާ ފީ މުރާޖާކޮށް، މިކަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ފެންނަގޮތް އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސް މުޢިއްޒު ނިންމެވިއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top