Close

އިސްލާމީ ވުޒާރާގެ ވަޒީރަށް މަޖިލީހުން ރުހުމެއް ނުދިން!

ނައިބުރައީސް ހުސެއިން މުޙައްމަދު ލަތީފް އިސްލާމީ ވުޒާރާއަށް ވަޑައިގަތުން. ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ރުހުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް ވަކިވަކިން އަހަމުން ދިޔައިރު އިސްލާމީ ވުޒާރާގެ ވަޒީރު ޑރ ޝަހީމަށް ރުހުން ނުދިނުމަށް މަޖިލީހުންހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވި މަޖިލީހުގެ 64 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފައެވެ. މާރިޔާއަށް ރުހުން ދޭން ނުފެންނަ ކަމަށް އެއް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މީގެ އިތުރުން އެގްރިކަލްޗަރ މިނިސްޓަރ ޑރ ޢާއިޝަތު ރަމީލާއަށް ވެސް ވަނީ ރުހުން ދީފައެެވެ. އަދި އެކަމަނާއަށް ރުހުން ދީފައިވަނީ މަޖިލީހުގެ އިއްތިފާޤުންނެވެ.

ހަމަމިއާއި އެކު ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ ޢަބްދުﷲ މުއްޠަލިބަށް މަޖިލީހުގެ އިއްތިފާޤުން ވަނީ ރުހުންދީފައެވެ. އަދި ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނަށްވެސް މަޖިލީހުގެ އިއްތިފާޤުން ވަނީ ރުހުންދީފައެވެ.

އިސްލާމީ ވަޒީރު ޑރ ޝަހީމް، ޑރ ހައިދަރް އަދި ބަންޑާރަ ނައިބު އުޝާމް ފިޔަވައި އެހެން ހުރިހާ ވަޒީރުންނަށްވެސް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top