Close

މިސްކިތްތައް ބެލެހެއްޓޭނެ މިންވަރަށް އިމާމުން ތަމްރީނުކުރަނީ!

މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމުގެ މަޤްސަދުގައި އިމާމުން ތަމްރީން ކުރުމުގެ ޕްރޮގްރާމް އިފްތިތާޙް ކޮށްފިއެވެ.

މިއަދު އިސްލާމީ ވުޒާރާގައި ބޭއްވި ޖަލްސާއެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމް އައްޝައިޙް މުޙައްމަދު ލަތީފެވެ.

މި ޕްރޮގްރާމްގެ މަޤްސަދެއް ކަމުގައި އިސްލާމީ ވުޒާރާއިން ބުނެފައިވަނީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީނެއް ދިނުމާއި،

މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

އަދި ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި ފިޤުހާއި ޙަދީޘާއި އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައި ދިނުން މި ތަމްރީން ޕްރޮގްރާމްގެ މަޤްސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމަކީވެސް މި ޕްރޮގްރާމްގެ މަޤްސަދެކެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ 4 ދުވަހުގެ އިންޓެންސިވް ޓްރެއިނިން ޕްރޮގްރާމެއް ކަމަށް އިސްލާމީ ވުޒާރާއިން ބުނެއެވެ.

ހަމަމިއާއި އެކު މި ޕްރޮގްރާމުގައި ޖުމްލަ 9 މޮޑިއުލެއް ބައިވެރީންނަށް އުނގަންނައިދެވޭނެ ކަމަށާއި މި ތަމްރީނު ޕްރޮގްރާމުގެ ކަރިކިއުލަމް ތައްޔާރުކުރައްވާފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ސީދާ އިރުޝާދުގެ ދަށުން ކަމަށްެވެސް އެވުޒާރާއިން ބުނެފައިވެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top