ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމަށް މަގުމަތިން މީހަކު ހަމަލާދިނުމުން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ، ޕީޖީ ޝަމީމަށް މާލޭގެ މަގެއްގެ މަތިން މީހަކު ހަމަލާދިންކަމުގެ ރިޕޯޓު އެ އިދާރާ އަށް ވަނީ ލިބިފައެވެ.
''ޕީޖީ ޝަމީމަށް މިހާރު އޭޑީކޭގައި އަންނަނީ ފަރުވާދެމުން، ހަމަލާދީފައި ވަނީ ތޫނުއެއްޗަކުން ނޫންކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވޭ'' ފުލުހުން ބުނެފަވެއެވެ.
މި ހަމަލާގައި ޕީޖީ ޝަމީމަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.






