ޢުމްރާގެ އަޅުކަމަށް މީހުން ގެންދިޔުމުގެ ޚިދްމަތް ދޭ “ޤިބްލަ” ކުންފުނީގެ ޓީމެއް އެކަމާއި ގުޅޭ މަޢުލޫމާތު ދިނުމަށް އެކުންފުނީގެ ޓީމެއް މިހަފްތާ ބަންދުގައި ރ.އަތޮޅަށް ދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެގޮތުން އެ “ޤިބްލަ” ޓީމުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވަނީ މީދޫ، ދުވާފަރު އަދި އުނގޫފާރުއަށެވެ. އެ ގުރޫޕުން ރާވާފައިވާ ޢުމްރާ ދަތުރުތަކުގެ މައުލޫމާތު ދިނުމަށާއި، ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަންގެ ކަންކަން މި ދަތުރުގެ ތެރެއިން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
މީގެ އިތުރުން މީދޫގައި ޒަމްޒަމް ފެން ރަހަ ބަލާލުމުގެ ފުރުސަތާއެކު، ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް ބޮޑު ޒަމްޒަމް ފެން ފުޅިއެއް ހަދިޔާ ކުރާ ގޮތަށް ބުރާސްފަތި ދުވަހުގެ ހަވީރު ހާއްސަ އިވެންޓެއް ކުރިއަށް ގެންދާނެ ކަމަށް އެ ގުރޫޕުން މަޢުލުމާތުދީފައިވެއެވެ.
ޤިބްލަ އަކީ 2019 ވަނަ އަހަރު ޚިދުމަތް ދޭން ފެށި ގުރޫޕެކެވެ. އެ ގުރޫޕުން ވަނީ މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ޢުމްރާއަށް ގެންގޮސްފައެވެ.
ޤިބްލަ ޚައްޖު ޢުމްރާ ކުންފުނިން މި އަހަރު ކުރުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތައް މިހާރު ވަނީ އިއުލާނުކޮށްފައެވެ.
އެގޮތުން:
· 4 މާޗު 2024 – 18 މާޗު 2024: 29،500ރ. (ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާއިއެކު)
· 22 މާޗު 2024 – 19 އޭޕްރިލް 2024: 43،000ރ.
· ޖުލައި މަހު ސްކޫލް ބޮޑު ބަންދާ ދިމާކޮށް އުމްރާއަށް ދިޔުމުގެ ފުރުސަތު: 29،500ރ.
· އޮކްޓޫބަރު 2024- 29500ރ.
· ޑިސެމްބަރު 2024- 29500ރ.






