Close

ބީއެމްއެލްގެ ކާޑުގެ ލިމިޓް އިތުރުކުރުމަށް، ބޭރުގައި ކިޔަވަން ތިބޭ ކުދިންގެ ދަފްތަރެއް އެކުލަވައިލަނީ!

ރައީސް ޑރ މުޢިއްޒު ތުރުކީގައި ތިބި ދިވެހި ދަރިވަރުންނާއި ބައްދަލުކުރެްވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގެ ކާޑުގެ ލިމިޓް އިތުރުކުމަށް ރާއްޖޭއިން ބޭރުގައި ކިޔަވަން ތިބޭ ކުދިންގެ ދަފްތަރެއް އެކުަލަވައިލުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލް ކާޑު ލިމިޓް އިތުރު ކުރުމަށް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވު ވައުދު ފުއްދުމަށް ބީ.އެމް.އެލް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އަދި މިނިސްޓްރީއޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

އަދި މި ސިޔާސަތު މިވަގުތު ތަންފީޒްކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ، ދިވެހިރާއްޖޭގައި މިވަގުތު ޑޮލަރު ޑިމާންޑް އަދި ހުރި ހުރަސްތައް ދެނެގަންނަމުންދާ ކަމަށާ ކާޑު ލިމިޓް އިތުރުކުރުމުގެ ފައިދާ ކުރަނީ ސީދާ ދަރިވަރުންނަށްކަން ޔަގީންކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށާއި، ބޭންކިންގ ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށްޓަކައި އެ މިނިސްޓްރީ އާއި އެމްއެމްއޭ އަދި ބޭންކް ތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top