Close

ރެސްކިޔު ޑައިވަރ ކޯސް 8 މަސްވެރިއަކު ފުރިހަމަ ކޮށްފި!

ރައީސް ޑރ.މުހައްމަދު މުޢިއްޒުގެ ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ކުރިއަށް ގެންދިޔަ ކޯސް 8 މަސްވެރިއަކު ފުރިހަމަ ކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ބުނީ އެ މިނިސްޓްރީން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި ކޯސް ގދ.މަޑަވެލީގެ 8 މަސް ދޯންޏަކުން 8 ފަޅުވެރިއަކު ފުރިހަމަކޮށްފައިވާ ކަމަށެވެ.

ގދ. މަޑަވެލީގައި އިފްތިތާހް ކުރި މިކޯސް ގއ.ވިލިނގިލީގައި ކުރިއަށްދާ ކަމަށާއި، މިހަފްތާ ތެރޭގައި ގއ.ކޮލަމާފުށީގައިވެސް މިޕްރޮގްރާމް ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް، އަންނަ ހަފްތާ ތެރޭގައި ސ.މަރަދޫއާއި، ގއ.ދާންދޫއާއި ގއ.ނިލަންދޫގައިވެސް މި ކޯސް ފެށޭނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތަކީ ރައީސް ޑރ.މުއިއްޒުގެ ހަފްތާ 14ގެ މަގު ޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ.

ރާއްޖޭގައި ޑައިވް އިސްޓްރަކްޓަރ ކޯސް ހަދާފައި ތިބި ފަންނީ ފަރާތްތަކުން ތަމްރީން ދޭ މި ޕްރޮގްރާމް ގެ ފުރަތަމަ ބުރުގައި 50 މަސްވެރިއަކު ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top