Close

ދަރިވަރުންނަށް ޘަޤާފީ ދަތުރެެއް ރާވައި އިންތިޒާމް ކޮށްދެއްވުމުން ވަޒީރު އާދަމް ނަސީރުގެ ޝުކުރު ވިލާ ހައިސްކޫލަށް!

ދަރިވަރުނަށް ޘަޤާފީ ދަތުރެއް ރާވައި އިންތިޒާމް ކޮށްދެއްވުމުން ދިވެހިބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ޝުކުރު އަދާކުރައްވައިފިއެވެ.

ވިލާ ހައިސްކޫލުން އެސްކޫލްގެ 30 ދަރިވަރަކު ބައިވެރިކޮށްގެން ރާވައިފައިވާ މިދަތުރަކީ ލ އަތޮޅަށް އެދަރިވަރުން ކުރާ ދަތުރެކެވެ. މިދަތުުރުގެ ބައިވެރިންނާއި ބައްދަލު ކުރެއްވުމަށް ވަޒީރު އާދަމް ނަސީރު ވަނީ މިއަދު އެސްކޫލަށް ޒިޔާރަތް ކުރައްވައިފައެވެ.

ދަރިވަރުންނާއި ބައްދަލު ކުރައްވައި ވަޒީރު އާދަމް ނަސީރު ވާހަކަފުޅު ދައްކަވައިފައެވެެއެވެ.

އެގޮތުން އެމަނިކުފާނުގެ ވާހަކަ ފުޅުގައި ދިވެހި ބަހާއި ޘަޤާފަތާއި ތާރީޚާއި ތަރިކަ ދިރާސާކޮށް މަޢުލޫމާތު އެއްކޮށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ވިލާ ހައި ސްކޫލުން ތަނަވަސް ކޮށްދެއްވާ ކަމީ ވަޒީރުގެ ހިތްޕުޅަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބި ވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މި ސްކޫލަށް މިއައީ ތިޔަކުދިންނާ ބައްދަލު ކޮށްލަން ވަރަށް ބޭނުން ވެގެން. ތިޔަ ކުދިން ލ.އަތޮޅަށް ކުރުމަށް ހަމަޖެހިފައިވާ ސަގާފީ ދަތުރުން ތިޔަ ކުދިންނަށް ކުރާނޭ ފައިދާ، މަންފާ ވަޒަން ކުރެވޭތީ. ތިޔަ ކުދިންގެ މަސައްކަތްތަށް ހިއްވަރު ދޭން ބޭނުންވާތީ." ވަޒީރު އާދަމް ނަސީރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ޤައުމިއްޔަތަކީ ކޮބައިކަމާއި ދިވެހިންނާއި ޤައުމާއި ދިވެހިރާއްޖެ އަކީ ކޮބައިކަން ދަރިވަރުންނަށް ވަޒިރު އޮޅުން ފިލުވައިދެއްވިއެވެ. އަދި ދިވެހި ބަހާއި ސަގާފަތާއި ތަރިކަ ބަލާ ދިރާސާ ކޮށް ދިވެހިރާއްޖެ ދަސްކުރުމަށް ވަޒީރު އާދަމް ނަޞީރު ދަރިވަރުންނަށް ބާރު އެޅުއްވިއެވެ.

މީގެއިތުރުން މި ދާއިރާތަކުން މަޢުލޫމާތު އެއްކޮށް ދިރާސާ ކުރުމުގައި ނަޒަރު ކުރަންވީ ގޮތްތަކާއި ހަމަތައް ދަރިވަރުންނާ ވަޒީރު ހިއްސާ ކުރެއްވިއެވެ.

ވަޒީރު އާދަމް ނަޞީރު މި ބައްދަލު ވުމުގައި ވާހަކަ ފުޅު ދައްކަވަމުން ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް ޝުކުރު އަދާކުރެއްވިއެވެ.

"ދަރިވަރުންގެ ހިތްތަކުގައި ޤައުމިއްޔަތު ދިރުވާ އާލާ ކުރުމަށް މި ޙަރަކާތުން ކުރާނެ ހެޔޮ އަސަރު އަޅުގަނޑަށް ވިސްނޭ. ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަށް އަޅުގަނޑު ޝުކުރު ދަންނަވަން" ވަޒީރު ވިދާޅުވިއެވެ.

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޘަޤާފީ ދަތުރު މިއަހަރު ކުރުމަށް ހަމަޖެހިފައިވަނީ 2024 ފެބުރުއަރީ 04 ން 10 އަށް ހައްދުން މައްޗަށެވެ. ހައްދުން މަތީގެ ހުރިހާ ރަށަކަށް ދަތުރުގައި ބައިވެރިވާ 30 ދަރިވަރުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ އިންޓަރނޭޝާނަލް ހައި ސްކޫލުން މަޢުލޫމާތު ދެއްވައިފައިވާ ކަމަށް ދިވެހި ބަހާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ހައްދުން މަތިން ދަތުރުގެ ކަންކަން އިސްވެ ބަލަހައްޓަވަނީ ލ.ގަމު ގައި ހުންނަ ޙަމަދު ސްކޫލުންނެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top