Close

އަނެއްކާވެސް އިންޑިޔާ ސިފައިން ދިވެހި މަސްދޯންޏަކަށް އަރައިފި!

ހއ މުޅަދޫ ބޭރުގައި އޮތް ކަނދުފައްޗާއި 3 މޭލު ކައިރިން ދަތުރުކުރަމުންދިޔަ ދިވެހި މަސްދޯންޏަކަށް އިންޑިޔާ ސިފައިން އަރައި ބިރުދައްކައިފިއެވެ.

އިންޑިޔާ ސިފައިން އަރައިފައިވަނީ މިމަހުގެ 1ވަނަ ދުވަހުގެ ރޭ އަރާފައިވަނީ ހއ. އިހަވަންދޫ "މާހޯރަ 3" އަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ގެރޭ އެ ދޯނި ދަތުރު ކުރަމުން ދަނިކޮށް މޮޅަދޫ ބޮޔާއި ތިން މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏަށް އަރާ މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށެވެ.

އަދި މި މައްސަލަ ދޯނީގެ ވެރި ފަރާތުން ރިޕޯޓްކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ރޭ ދިފާއީ ވުޒާރާއިން މިކަމާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނި ތަކަށް ކަމާ ގުޅޭ އެއްވެސް އިދާރާއަކާއި ކޯޑިނޭޓް ކުރުމެއް ނެތި ބައިނަލްއަޤްވާމީ ކަނޑުގެ ޤާނޫނުތަކާއި އުސޫލުތަކާއި ހިލާފަށް އިންޑިއާގެ އަސްކަރިއްޔާގެ ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިޔާ ސަރުކާރުގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށެވެ.

31 ޖެނިއަރީގައި ވެސް އިންޑިޔާ ސިފައިން ވަނީ ދިވެހި މަސްދޯނިތަކަކަށް އަރައިފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top