ގއ ކޫއްޑޫއިން މިހާރު މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭނެ ގޮތައް ޚިދްމަތް ދޭން ފަށައިފައިވާ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެވުޒާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޫއްޑޫގައި ޤާއިމް ކޮށްފައިވާ ފިޔުލް ސަޕްލައިސް އެމްވީ ތެޔޮ ސްޓޭޝަނުންތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭތީ އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕް އިންސްޓޯލްކޮށް ޙިދުމަތްދޭން ވަނީ ފަށާފައިކަމަށެވެ.
ކޫއްޑޫގައި ގާއިމުކޮށްފައިވާ @FuelSuppliesMv ތެޔޮ ސްޓޭޝަންތަކުން މަސްދޯނިތަކަށް ތެޔޮ އެޅުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭތީ، އެކަން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނެޓަކު 160 ލީޓަރު ތެޔޮ އެޅޭ ޕަންޕް އިންސްޓޯލްކޮށް ޙިދުމަތްދޭން ވަނީ ފަށާފައި. pic.twitter.com/j0znVVgfaJ
— Ministry of Fisheries and Ocean Resources (@MFORmv) February 2, 2024
މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދެމުން އަންނަ އިރު މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވެފައި ވަނީ ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީހުރި ގިނަ އަދަދެއްގެ ފައިސާ މިހާރު މި ސަރުކާރުން ހަވާލުކުރަމުން ގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.






