Close

ކެންސަރުގެ ފަރުވާއަށް ފަހު ވަޒީރު ރަމީލާ އެނބުރި އޮފީހަށް!

ވަޡިރު ޑރ ރަމީލާ މަޤާމުގެ ސޮއިކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާއަށް ފަހު ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ ޢާއިޝަތިު ރަމީލާ އެނބުރި އޮފީހަށް ވަޑައިގަންނަވައިފިއެވެ.

ފަރުވާއަށްފަހު އެނބުރި މަަސައްކަތަށް ވަޑައިގެންނެވި ކަން ހާމަކުރައްވަމުން ޑރ ރަމީލާ ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާބޮޑު އަސަރުތަކެއް ނުކޮށް 9 ކީމޯތެރަޕީ ސެޝަން ފުރިހަމަ ކުރެވިފައިވާ ކަމަށާއި ފަރުވާގެ 2 ވަނަ މަރުހަލާ ފެށުމުގެ ކުރިން މި ހަފްތާތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ އުންމީދުކުރައްވާ ކަމަށެވެ.

ޑރ ރަމީލާ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތީ ނޮވެމްބަރު މަހުއެވެ.

އެކަމަނާ ފަރުވާ އަށް ވަޑައިގެންނެވުމުގެ ކުރިން ފޭސްބުކްގައި ކުރެެއްވެވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ. އަދި ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެޑްވާންސް ސްޓޭޖުގައި ހުއްޓާ ކަމަށެވެ.

ޑރ ރަމީލާ ފަރުވާއަށް ވަޑައިގެން ހުންނެވި އިރު އެމިނިސްޓްރީ ހިންގެވުމާއި ހަވާޅުވެވަޑައިގެން ހުންނެވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top