Close

ދިވެހިބަހާއި ބެހޭ ވުޒާރާގެ މަސައްކަތް ތަކަށް ސްޓެލްކޯއިން ފަންނީ އެހީ ފޯރުކޮށްދެނީ!

ވަޒީރު އާދަމް ނަސީރު އިބްރާހިމް އަދި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ. ފޮޓީޯ: ދިވެހި ބަހުގެ ވުޒާރާ

ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން ކުރާ މަސައްކަތް ތަކަށް ސްޓެލްކޯއިން ފަންނީ އެހީ ފޯރުކޮށްދިނުމަށް ދިވެހި ބަހުގެ ވުޒާރާ އާއި ސްޓެލްކޯ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ދިވެހި ބަހުގެ ވުޒާރާއިން ބުނެފައިވަނީ އެވުޒާރާ އާއި ސްޓެލްކޯ އާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކުރެވިފައިވާ ކަމަށެވެ.

ފަހުމުނާމާ އާއި ގުޅޭ ތަފްސީލް ދެމުން އެވުޒާރާއިން ބުނެފައިވަނީ މި ފަހުމުނާމާގެ ދަށުން އެ ވުޒާރާއިން ކުރިއަށް ގެންދާ ތަރިކައާ ގުޅުންހުރި މަސައްކަތްތަކަށް ސްޓެލްކޯއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.އަދި ކުރީއްސުރެ ސްޓެލްކޯއިން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގައި ފޯރުކޮށްދޭ އެހީތެރިކަން މެދުކެނޑުމެއްނެތި ކުރިއަށް ދާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ފަންނީ އެހީގެ ދާއިރާ ފުޅާކުރެވިގެން ދާނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ. ފަހުމުނާމާގައި ސޮއި ކުރެވުމާއެކު ހުކުރު މިސްކިތާއި ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމުގެ ޢަމަލީ މަސައްކަތް އަންނަ ހަފްތާގައި ފެށުމަށް ވަނީ ތާވަލު ކުރެވިފައި ކަމަށްވެސް ދިވެހިބަހުގެ ވުޒާރާއިން ބުނެފައިވެއެވެ.މީގެ އިތުރުން ކަޅުއޮށްފުންމި މަރާމާތު ކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުގައިވެސް ސްޓެލްކޯއިން ބޮޑު އެއްބާރުލެއްވުމެއް ދެމުން ގެންދާކަމަށްެވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ދިވެހި ބަހާއި ޘަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއާއި ސްޓެލްކޯ އާއި ދެމެދު ސޮއި ކުރެވުނު ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުިން ސޮއި ކުރައްވައިފައިވަނީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ އެވެ. ދިވެހި ބަހުިގެ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވެވީ ވަޒީރު އާދަމް ނަސީރު އިބްރާހިމެވެ.

މި ފަހުމް ނާމާގަައި ސޮއިކޮށްފައިވަނީ އިއްޔެ މެންދުރު 1 ޖެހިއިރު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top