Close

ރައީސް މުޢިއްޒު ކޮޅުމަޑުލަށް ފުރައިވަޑައިގެންފި!

ރައީސް ޑރ މުއިއްޒު ކޮޅުމަޑުލަށް ފުރައި ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅަށް ފުރައިވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ.

ކޮޅުމަޑުލަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެއަތޮޅުގެ ގުރައިދޫއަށެވެެ.

ގުރައިދޫ އަށް ވަޑައިގެންނެވުމަކީ ރިޔާސީ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވަޢުދުފުޅަކާއި އެއްގޮތައް ކުރައްވާ ދަތުރުފުޅެކެވެ.

ރިޔާސީ ކެމްޕޭނުގެ ތެރޭގައި ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވަނީ

އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށަކަށް ހައްދަވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއް ރަށަކުން އެންމެ ބޮޑު އިންސައްތަ އެއްގެ ވޯޓް އެމަނިކުފާނަށް ލިބި ވަޑަިއގަތީ ތ ގުރައިދޫއިންނެވެ.

ރައީސް ކޮޅުމަޑުލަށް މިކުރައްވާ ދަތުރުފުޅުގައި އެއަތޮޅުގެ ގިނަ ރަށްރަށަށް ވަޑައިގަންނަވާނެއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވަވަޑައިގަނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top