Close

ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އެމްޑިޕީ އިން ވަކިކޮށް މަޖިލިސް ޓިކެޓް އަތުލައިފި!

ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރް. ފޮޓޯ" މަޖިލިސް

ކ.ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރް އެމްޑީޕީ އިން ވަކިކޮށް އޭނާ އެމްޑީޕީގެ ޕްރައިމަރީ ގައި ހާސިލްކުރި ކާށިދޫ ދާއިރާގެ ޓިކެޓް އަތުލައިފިއެވެ.

ޖާބިރު އެމްޑީޕީ އިން ވަކިކުރި ކަން އެޕާޓީ އިން ހާމަކޮށްފައިވަނީ އެމްޑީޕީ އިން ނެރުނު ބަޔާނެއްގައެވެ.

އެމްޑީޕީގެ އެބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެ ކަމަކީ އެޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަންލިބޭ ފަދަ ޢަމަލެއްކަމަށެވެ.

އެހެން ކަމުން އެޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ހުށައެޅިފައިވާ މައްސަލަ ބެލުމަށްފަހު އަބްދުﷲ ޖާބިރަށް ކުރިއަށް އޮތް އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އަދި މިއަދުން ފެށިގެން އެޕާޓީގެ މެންބަރުކަމުން ވަކިކުރުމަށް ފިޔަވަޅުއަޅާ ކޮމެޓީން ނިންމާފައިވާކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖާބިރު އެމްޑީޕީއާ އަލުން ގުޅެން އެދުނަސް، އެ ފުރުސަތު ލިބޭނީ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށަހަޅައި އެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން ކަމަށާއި، ޕާޓީއާ ގުޅުމުގެ ފުރުސަތު ޖާބިރަށް އަލުން ދިނަސް، އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވެސް ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ނުލިބޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީ އިން ޖާބިރު ވަކިކޮށް ޓިކެޓް އަތުލައިފައިވާ އިރު ކާށިދޫ ދާއިރާގެ ރައްޔިތުން އަލުން ޖާބިރުއަށް ޓިކެޓް ދިނުމުން ގިނަ ބަޔަކު ވަނީ އެކަމަށް ވަރަސް ބޮޑު ފާޑު ކިޔައިފައެވެ.

ޖާބިރު ފާހަގަ ކުރެވިފައިވަނީ މަޖިލިސް ތެރޭގައި ވެސް އަދި ޢާންމުންގެ ތެރޭގައި އުޅުމުގައިވެސް އަޚްލާޤީ ފެންވަރު ދަށް އަދި އާންމުމިންގަނޑު ތަކާއި ޚިލާފު ޢަމަލުތައް ކުރާ މީހެއްގެ ގޮތުގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top