ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީ ކުރުމަށް ސަޢުދީޢަރަބިއްޔާ އިން އެހީތެރިކަން ނިންމައިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް ހާމަކުރައްވައިފިއެވެ.
މިނިސްޓަރ ޝިޔާމް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ސަޢުދީޢަރަބިއްޔާއިން އެހީތެރިވާނެ ކަމުގެ ޔަޤީންކަން އެޤައުމުގެ ސަޢުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އެޗްއީސީ ފައިސަލް އަލް ކަހުތާނީ ދެއްވައިފައިވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވެފައިވަނީ މިޔަޤީންކަން ދީފައިމިވަނީ މިނިސްޓަރު ޝިޔާމް ސަޢުދީ އަށް ކުރައްވާ ދަތުރުފުޅުގައި އެސްއެފްޑީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އެޗްއީސީ އާއި އެކު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
Deeply grateful for the opportunity to meet with the Deputy CEO of Saudi Fund for Development to express our sincere appreciation for the unwavering support in the development of Maldives, particularly in the fisheries sector. It was a meaningful tour inside the @SaudiFund_Dev… https://t.co/qzRBZKKhAF
— Ahmed Shiyam (@Shiyamaldives) February 6, 2024
މި ބައްދަލުވުމާއި ގުޅޭ ގޮތުން މިނިސްޓަރު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމަންޓުގެ ޑެޕިއުޓީ ސީއީއޯއާ ބައްދަލުވުމުން އުފާ ކުރައްވާ ކަމަށެވެ.
އަދި، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން އެ ގައުމުން ދޭ އެހީތެރިކަމަށްޓަކައި އެބޭފުޅާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.






