އަލަށް ޢިމާރާތް ކުރެވޭ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަކީ އަސާސީ ކަމަކަށް ހައްދަވާނެ ކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ ޝަހީމް ކުރައްވަވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫޢުގެ ތެރެއިން، މިސްކިތް ނިމޭ އިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން މިސްކިތްތައް އޭސީ ކުރުމަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށްވެސް ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
އަލަށް އިމާރާތް ކުރާ މިސްކިތްތަކުގެ އަސާސީ ކަމެއްގެ ގޮތުގައި މަޝްރޫޢުގެ ތެރެއިން، މިސްކިތް ނިމޭ އިރު ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫޢުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށްދާނެ. މިކަމުގެ ސަބަބުން މިސްކިތްތައް އޭސީކުރަން ބޮޑު ލުޔެއް ލިބިގެންދާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) February 6, 2024
ޑރ ޝަހީމް އިސްލާމީ ވުޒާރާ އާއި ހަވާލުވެ ވަޑައިގެންފަހުން އިސްލާމް ދީނާއި ގުޅޭ މިފަދަ ގިނަ ކަންކަން އަންނަނީ ނިންމަވަމުންނެވެ.
މީގެއިތުރުން އިސްލާމީ ދައުވަތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ފައްޓަވައިފައެވެ.






