Close

ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5.2 ޕަސެންޓް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާކޮށްފި!

ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5.2 ޕަސެންޓް ކުރިއަރައިގެން ދާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފްއިން ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި އިޤްތިޞާދީ ސިޔާސަތާއި ގުޅޭ ކަންކަން ބެލުމަށް ވަނީ ހަތަރު ދުވަހުގެ ޒިޔާރަތެއް ކޮށްފައެވެ.

މި ޒިޔާރަތަށް ފަހު އެ ވަފުދުން ހޯދި ހޯދުންތަކަށް ރިއާޔަތްކޮށް ވަނީ ބަޔާނެއް ނެރެފައެވެ.

އައިއެމްއެފްގެ ބަޔާނުގައި ވަނީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ދަށްބވެގެން ދިޔަ ނަމަވެސް 2022 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 13.2 އިންސައްތައަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ.

އަދި މި އަދަދު 2023 ވަނަ 4.4 އިންސައްތަ އަށް ކުރިއަރާފައިވާއިރު، 2024 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 2024 ވަނަ އަހަރު 5.2 އިންސައްތަ އަށް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ވަނީ އަންދާޒާކޮށްފައެވެ.

އައިއެމްއެފް އިން ބުނީ މިއަދަދު ކުރިއަރައިގެން ދިޔުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ހުޅުވުމާއި އެކު، ރާއްޖޭގެ ހޮޓެލް ތަކުގެ ކެޕޭސިޓީ އިތުރުކޮށްފައިވުމަކީ ވެސް މީގެ ސަބަބެއް ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް އައިއެމްއެފް އިން ވަނީ ރާއްޖޭގެ މާލީ ހާލަތުގެ ނާޒުކުކަން ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. މި އަހަރުގެ މެދު ތެރޭގައި ދަރަނި ކުޑަ ވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް މުޅި ޖުމްލަ މުޅި އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރަންޏަށް ބަދަލެއް ނާންނާނެ ކަމަށް ވެސް އައިއެމްއެފް އިން ވަނީ ލަފާކޮށްފައެވެ.

މިކަމާއިގުޅިގެން އައިއެމްއެފްއިން ވަނީ ރާއްޖޭގެ ވިޔަފާރި ރަނގަޅުކުރުމާއި، ސިޔާސަތުތައް ހަރުދަނާކުރުމާއި، ހުނަރު ތަރައްޤީކުރުން އިތުރުކުރުމަށް ގޮވާލާފައެވެ.

އައިއެމްއެފް ގެ ވަފުދު ރާއްޖެއަށް ކުރި މި ދަތުރުގައި އެބޭފުޅުން ވަނީ ތަރައްޤީގެ އެޖެންޑާ އާ ގުޅޭ ގޮތުން ކަމާ ގުޅޭ ފަރާތްތަކާ އެކު މަޝްވަރާކޮށްފައެވެ. މިގޮތުން މި ބޭފުޅުން ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި، ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ސަރުކާރާއި އެމްއެމްއޭގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އަދި ޕްރައިވެޓް ސެކްޓަރގެ މަންދޫބުންނާއި، ބައިލެޓަރަލް ޑޯނަރުންނާއި، ޑިވެލޮޕްމަންޓް ޕާޓްނަރުންނާވެސް މި ވަފުދުން ބައްދަލުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top