Close

އައްޑޫ ސިޓީ އިން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ކުރިއަށްދަނީ!

އައްޑު ސިޓީ ކައުންސިލް ގެ އިދާރާ. ފޮޓޯ: ސަން އެމްވީ

އައްޑޫސިޓީ އިން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ފަށައިފިއެވެ.

ގުރުއަތުލުން ކުރިޔަށްދާނީ މިއަދާއި އަންނަ ހޮނިހިރު ދުވަހުގެ ކަނޑައަޅައިފައިވާ ވަގުތުތަކުގައެވެ.

އައްޑޫ ސިޓީގެ އެކި ރަށްރަށުން ދޫކުރާ 1000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލީ، މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ. ގޯއްޗަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވި އިރު 4160 ފޯމު ހުށައަޅާފައިވެއެވެ.

މީގެ ތެރެއިން 4052 މީހެއްގެ ޝަރުތު ހަމަވާ ކަމަށާއި، މި އެންމެންނަށް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަ ކޮށްފައިވެއެވެ.

މީގެއިތުރުން ކައުންސިލުން ބުނެފައިވަނީ މިފަރާތްތަކަށް ދޭނެ ގޯތި ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދަނީ ގޯތި ލިބުނު މީހުންގެ ލިސްޓާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.

މިބުރުގައި ހިތަދޫން ދޫކުރާ 500 ގޯތީގެ ގުރުއަތުލުން ބުދަ ދުވަހު ފަށާފައިވާއިރު، އޭގެ ތެރެއިން 150 ފަރާތުން ގުރުއަތު ނަގާފައި ވެއެވެ. މިއަދު އަނެއް 150 ގޯތީގެ ގުރުއަތު ނަގާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ހުޅުދޫން ދޫކުރާ 100 ގޯއްޗާއި މީދޫން ދޫކުރަން ނިންމާފައިވާ 100 ގޯތީގެ ގުރުއަތު ނެގުން ނިމިފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ފޭދޫން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ކުރިޔަށްދާނެ ތާރީޚެއް ކަނޑައެޅިފައި ނުވާ ކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މިހާރި އާންމު ކޮށްފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ އެންމެނަށް ގޯތި ދޫކޮށް ނިންމުމެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top