ކާށީދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރަށް މޯލްޑިވިއަންގެ ފްލައިޓްތަކުން ދަތުރުނުކުރެވޭނެ ކަމަށް ނިންމައިފިއެވެ.
މެމްބަރު ޖާބިރު އާއި މެދު މިފަދަ ނިންމުމެއް މޯލްޑިވިއަން އިން މިނިންމ ީއެކުންފުނީގެ ސީޕްލޭނެއްގައި ތިބި ޕައިލެޓަކާއި ފަޅުވެރިންނާއި ޖާބިރު ހަޑިހުތުރު ބަހުން މުޢާމަލާތު ކުރުމާއި ގުޅިގެންނެވެ.
ޖާބިރު ސީޕްލޭންގެ ޕައިލެޓާއި ފަޅުވެރިންނާއި މެދު ހަޑިހުތުރު ބަހުން ވާހަކަ ދައްކައި ޢާންމު އަޚްލާޤީ މިންގަޑާއި ޚިލާފު ވާހަކަތައް ދެއްކި މަންޒަރު ދައްކުވައިދޭ ވީޑިއޯ އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުނެނެވެ.
ވީޑިއޯގައި ޖާބިރު ވަނީ އެ ސީޕްލޭން ގެ ޕައިލެޓާ ދިމާލަށް ބޭއަދަބީ ބަހުރުވައިން ހަޅޭއްލަވައި، އޭނާގެ މަންމައާއި ގުޅުވައި ހުތުރު އިބާރާތްތައް ބޭނުންކޮށްފައެވެ.
އަޚްލާޤީ ގޮތުން ދަށުދަރައިގެ ޢަމަލުތަކެއް ޖާބިރުގެ ކިބައިން ފެންނަމުންދާއިރު ޖާބިރު ނިސްބަތްވާ ޕާޓީ އެމްޑީޕީ އިން އޭނާ ވަނީ ވަކިކޮށްފައެވެ.
އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އޭނާ ކާމިޔާބު ކުރި ކާށިދޫ ދާއިރާގެ ޓިކެޓް ވެސް އަތުލައިފައެވެ.
އެމްޑީޕީއިން އޭނާގެ ޓިކެޓް އަތުލައިފައިވަނީ މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް ޖާބިރު ޢަމަލުކުރަމުންދާތީއެވެ.
ޖާބިުރު ފާހަގަކުރެވިފައިވަނީ މަޖިލިސް ތެރޭގައި ހުތުރު ބަހުން ވާހަކަދައްކާ އަދި ޢާންމުންގެ ތެރޭގައި އުޅޭއިރުވެސް ޢާންމު އަޚްލާޤީ މިންޑަނޑުތަކާއި ޚިލާފަށް ވާހަކަ ދައްކާ ހަދާ ފަރާތެއްގެ ގޮތުގައެވެ.






