Close

ރައީސް ޢަޒުލްކުރުމާއި ގުޅޭ އިސްލާޙަށް ޢަމަލުކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަމުރުނެރެފި!

ދިވެހިރާއްޖެގެ ސްޕްރީމް ކޯޓް. ފޮޓޯ: ރާއްޖެ އެމްވީ

ރައީސް ޢަޒުލްކުރުމާއި ގުޅޭ އިސްލާޙަށް އިދިކޮޅު އެމްޑީޕީއިން ގެނައި އިސްލާޙަށް ޢަމަލުކުުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން އަަމުރުނެރެފިއެވެ.

މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާޤުން ކުރި މި އަމުރުގައި ވަނީ، މެމްބަރުންގެ ޢަދަދު ގުނާނެ ގޮތާ ބެހޭގޮތުން މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހު ޤާނޫނު އަސާސީއާ ޚިލާފުކަމަށް ދައުލަތުން ތުހުމަތު ކުރާ ހާލަތެއްގައި، އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

އަދި ޖުމްލަ މެމްބަރުންގެ ޢަދަދު ކުރިން ގުނަމުން އައީ ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ކަމަށް ވާއިރު، ކޯޓުން ގޮތެއް ނިންމަންދެން މަޖިލީހުން ކުރިން ޢަމަލުކުރިގޮތް ދެމިއޮންނަން ޖެހޭކަމަށް އެ އަމުރުގައިވެއެވެ.

މީގެ އިތުރުންވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ މި މައްސަލައިގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން ވަގުތީ އަމުރެއް ނުނެރެފިނަމަ، މައްސަލައިގެ މައުޟޫއުގައި ހިމެނޭ ކަންކަމުގެ މުއާލާތް ކެނޑުމުގެ އިހުތިމާލު އެބައޮތް ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ފެށުނީއްސުރެ މަޖިލީހުން އަމަލުުރަމުންދިޔަ ގޮތް ދެމި އޮންނަންޖެހޭ ކަމަށް ދެކޭ ކަމަށާއި، މިއީ އާންމު މަސްލަހަތު ދެމެހެއްޓުމަށްޓަކައި ވަގުތީ އަމުރެއް ނެރެންޖެހޭ ހާލަތެއްކަމަށް އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

މި މައްސަލަ ކޯޓަށް ހުށައެޅީ މިދިޔަ އާދީއްތަ ދުވަހު ބަންޑާރަ ނައިބު އޮފީހުންނެވެ.

މިދިޔަ އަހަރު މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހުތަކުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ ޢަދަދު ގުނާއިރު މަޖިލީހުގެ ހުސްވެފައި ހުރި ގޮނޑިތައް ނުހިމަނާ މެމްބަރުގެ ޢަދަދު ގުނޭނެއެވެ. އެހެންނަމަވެސް ޤާނޫނު އަސާސީ ބުނާގޮތުން ރައީސާއި ނައިބު ރައީސް މަޤާމުން ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ރައީސް ޑރ.މުއިއްޒުގެ ސަރުކާރުގެ އިސްމަޤާމު ތަކަށް ބައެއް މެމްބަރުން އައްޔަނު ކުރުމަާއި ގުޅިގެން މަޖިލީހުގެ 7 ގޮނޑިއެއް ވަނީ ހުސްވެފައެވެ.

މިއާއި އެކު ޖުމްލަ މެމްބަރުންގެ އަދަދު 80 އަށް ބަދަލުވެ، މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީން މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހާއި އެކު އެމްޑީޕީ ގެ 44 މެމްބަރުންނާއި އާއި ދަ ޑިމޮކްރެޓްސް 13 މެމްބަރުން ގެ ވޯޓުން ރައީސް އަޒުލު ކުރެވޭނެއެވެ.

ރައީސް މުއިއްޒު އަޒުލުކުރާ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ވަރަށް އިދިކޮޅުން ވަނީ ސޮއި ހަމަ ކޮށްފައެވެ.

އިދިކޮޅު ރައީސް ޢަޒުލް ކުރަން ސޮއި ހަމަކުރިނަމަވެސް ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ ރައީސް އަޒުލުކުރިޔަ ނުދޭނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top