Close

ޙައްޖު ޖާގަ ކަށަވަރުކުރުމަށް ބުނެ ސްކޭމް ކޯލްތަކެއް، ސަމާލުވޭ!

ޙައްޖު ކޯޕަރޭޝަންގެ ދަށުން ޙައްޖުގެ އަޅުކަމަށް ގޮސް ތިބި ބައެއް. ފޮޓޯ: އަވަސް

ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވުމަށް ޙައްޖު ކޯޕަރޭޝަންއިން ބުނެފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ޖާގަ ކަށަވަރުކުރުމަށް ކަމަށް ބުނެ އަމިއްލަ ފަރުދުންތަކެއްގެ އެކައުންޓްތަކަކަށް ފައިސާ ޖަމާކުރުމަށް އެދި އެކޯޕަރޭޝަންގެ ނަމުގައި ކުރަމުންދާ ފޯންކޯލްތަކަށް ސަމާލުވުމަށް އެދޭ ކަމަށެެވެ.

މީގެއިތުރުން އެކޯޕަރޭޝަންގެ ޚިދްމަތްތަކަށް ފައިސާ ދައްކާނީ “މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ކަމަށެވެ.

އަމިއްލަ ފަރުދެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެކޯޕަރޭޝަނުން ނޭދޭނެ ކަމަށްވެސް ޙައްޖު ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top