Close

މަޖިލިސް އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން މަޖިލީހުން ނިންމައިފި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް. ފޮޓޯ: މަޖިލިސް

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ރޯދަމަސް ނިންމައި 10 ދުވަސް ފަހުން މަޖިލީހުގެ އިންތިޚާބު ބޭއްވުމަށެވެ.

މަޖިލިސް އިންތިޚާބު ރޯދަމަހުގެ ދުވަސް ތަކާއި ދިމާވާތީ އެކަމަށް ހައްލެއް ހޯދުމަށް އިންތިޚާބު ފަސްކުރުމަށް މަޖިލީހަށް ހުށައަޅައިފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ.

މަޖިލީހުގެ ވަގުތީ ކޮމިޓީން ވަނީ އެ ކޮމިޓީގެ ފަސް މެންބަރުންގެ އިއްތިފާޤުން، އެމްޑީޕީން ހުށަހެޅި ގޮތަށް، ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިޚާބު ބޭއްވުމަށް ފާސްކޮށްފައެވެ. އަދި މި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުން ގެ ވޯޓުންނެވެ. އިންތިޚާބު ފަސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 3 މެމްބަރުންނެވެ.

މީގެ އިތުރުންވެސް މި ބިލުގައި، ވޯޓު ކަރުދާހުގައި ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ރަނގަޅު ފާހަގައެއްގެ ގޮތުގައި ބެލެވޭ ނިޝާނެއް ހިމަނާފައިވާނަމަ އެއީ ސައްޙަ ވޯޓެއް ކަމުގައި ބަލައިގަންނަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ފާހަގަ ފުރިހަމަކުރުމުގެ ގޮތުން، އެ ފާހަގަ މަތިން ފެވިގެންދާ ގޮތަށް ރަނގަޅު ފާހަގައެއް ޖަހާފައި އޮތް ނަމަވެސް ވޯޓު ބާތިލު ނުވާނެކަމަށްވެސް އެ އިސްލާހުގައިވެއެވެ.

މަޖިލީހުން މި ބިލު ފާސްކުރި އިރު އިލެކްޝަން ކޮމިޝަނުން ވަނީ މިއަހަރުގެ މަޖިލިސް އިންތިހާބު މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާނު ކޮށްފައެވެ.

މަޖިލީހުން އިންތިޚާބު ފަސްކުުރުމަށް ހުށައެޅުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ވިދާޅުވެފައިވަނީ ރޯދައިގެ ފަހުން އިންތިޚާބު ބާއްވަން ވިޔަސް އެކޮމިޝަނުން އޮތީ ތައްޔާރައް ކަމަށެވެ.

 

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top