Close

މަޑަވެލީގައި ހިންގި އޮޕަޜޭޝަނެއްގައި ބަނގުރާ ދަޅުތަކެއް އަތުލައިގެންފި!

ފުލުހުން އަތުލައިގަނެފައިވާ ބަނގުރާ. ފޮޓޯ: ފުލުހުން

ގދ މަޑަވެލީގައި ފުލުހުން ހިންގި އޮޕަރޭޝަންއެއްގައި ބަނގުރާ ދަޅުތަކެއް އަތުލައިގެންފިއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 25 އިން މި ފެބުރުވަރީ މަހުގެ 9 އަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގެ ތެރެއިން ބަނގުރާ ފެނިފައިވަނީ ރަށުގެ ފަޅު ސަރަހައްދަކުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަޑަވެލި ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައިފާސްކުރިއިރު 48 ދަޅު ބަނގުރާ، ތިންފުޅި ބަނގުރާ އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ މަޑަވެލި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top