Close

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރެޖިސްޓަރ ވުމަށް ހުޅުވާލައިފި!

ޓެކްސީ ޑްރައިވަރުންގެ ދަފްތަރު އެކުލަވައިލުމަށް އެ ދަފްތަރުގައި ރެޖިސްޓަރ ވުމަށް ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ "ހަފުތާ 14"ގެ މަގުޗާޓުގައިވާ ގޮތަށް ރާއްޖޭގައި ޓެކްސީ ދުއްވާ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އެ ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވުމަށް މިހާރު އާންމުކޮށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

އެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ބޭނުންވާ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިިކޮށް، އެކަމަށް ހާއްސަކޮށްފައިވާ ފޯމް ފުރުމަށް ފަހު ހުށަހެޅުމަށް އެ އިއުލާނުގައިވެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އަދި މި ދަފްތަރު ހަދައި ސޯޝަލް ހައުސިން ސްކީމްތަކާއި އެހެން ފުރުސަތުތައް ވެސް އެމީހުންނަށް ފަހިވާ ގޮތަށް ހަދައިދޭނެ ކަމަށް ރައީސް ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވެއެވެ.

މި ދަފްތަރު އެކުލަވާލުމާ ގުޅޭ މަޝްވަރާތައް މިދިޔަ މަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވެސް ވަނީ ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top