Close

ވުޖޫދުގައި ނެތް ގަރާޖަކަށް އެތައް ވެހިކަލެއް ރެޖިސްޓަރ ކޮށްފައިވޭ: ވަޒީރު އިޙްސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާން

ވުޖޫދުގައި ނެތް ގަރާޖަކަށް އެތައް ވެހިކަލެއް ރެޖިސްޓަރ ކޮށްފައިވާ ކަމަށް ދަޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިޙްސާން މިހެން ވިދާޅުވީ “ޓީމް ހޯމް” ގެ ނަމުގައި އިއްޔެ އެވުޒާރާއިން ބޭއްވި ނޫސްވއރިންގެ ބައްދަލުވުމެއްގައެވެ.

ވަޒީރު އިޙްސާން ވިދާޅުވީ ނިމިދިޔަ ސަރުކާރުގަައި މާލެއަށް ގެންނަ ވެހިކަލްތައް އަގުހެޔޮކޮށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތުތައް ވަރަށްބޮޑަށް ހުޅުވާލިކަމަށެވެ. އަދި އޭގެ ބޭނުންހިފައިގެން ގިނަ އަދަދެއްގެ ވެހިކަލްތައް މާލެ ގެނެސް މާލޭގެ މަގުތަކުގައި ޕާކުކޮށްފައި އެބަހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ގަރާޖުތަކުގެ ގޮތުގައި ހަގީގަތުގައި ފިޒިކަލީ ނެތް ތަންތަނަށް އެތައް ބައިވަރު ކާރެއް ރަޖިސްޓްރީކޮށްފައި. ވެހިކަލްތައް ރަޖިސްޓްރީކޮށްފައި. އެ ތަކެތި މިހާރު މަގުމަތިން އެ ފެންނަމުން މި ދަނީ،"

ވަޒީރު އިހްސާން ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު އިޙްސާން އިތުރަށް ވިދާޅުވީ މާލޭގެ ޓްރެފިކުގެ ކަންތައްތައް ހައްލުކުރުމަށްޓަކައި ޤަވާޢިދާއި ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުފަހަރުތައް ނަގަން ފަށާނީ އެ ތަކެތި ނަގަން ވެސް މުހުލަތެއް ދިނުމަށް ފަހުގައި ކަމަށާއި، އެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.

އިޙްސާން ވިދާޅުވީ ޤާނޫނާ އެއްގޮތަށް ޕާކުކުރެވޭ ތަންތަނަށް ގެންދިއުމަށް ފުރުސަތެއް ދީފައި ނޫނީ ޓޯ ނުކުރާނެ ކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި އެންމެހައި ރައްޔިތުންނަށް އިލްތިމާސެއްގެ ގޮތުގައި ވަޒީރު އިހްސާން ވިދާޅުވީ ޕާރކިންގ ސްޓީކާޖެހުން ވަގުތީ ގޮތުން ހުއްޓާލައިފައިވީ ނަމަވެސް އެންމެންގެ ރައްކަލަކަށްޓަކައި ކަނޑައެޅިފައިވާ ހަމަ އާއި އުސޫލުގެ މަތިން މާލޭގެ މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top