Close

މިއަހަރު ރާއްޖޭގެ އިކޮނޮމީ އަށް 5.5% ކުރިއެރުމެއް ލިބޭނެ: ވަޒީރު ސަޢީދު

މިއަހަރު ރާއްޖޭގެ އިކޮނޮމީ އަށް 5.5% ކުރިއެރުމެއް ލިބިިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސަޢީދު މާލީ ވުޒާރާގެ ޕޯސްޓެއް ރީޓްވީޓް ކުރައްވަމުން ވިދާޅުވެފައިވަނީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ރާއްޖޭ ވައްޓާލައިފައިވަނީ މާލީގޮތުން ވަރަށް ނުރައްކާތެރި ހާލަތަކަށް ކަމަށެވެ. އެ ނުރައްކާތެރި މާލީ ހާލަތުން ސަލާމަތްކޮށް ދަރަނި އަދާކޮށް އަދި ނުދައްކާ ހުރި ބިލްތައް ދައްކަމުން އަންނަ ކަމަށް ވެސް ސައީދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ސަޢީދު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިޤްތިސާދު %5.5 ކުރިއެރުމެއް ލިބޭނެ ކަމަށާއި އެސްޑީއެފް އަށް ޑޮލަރު މިހާރު ވެސް އެބަ ޖަމާކުރައްވާ ކަމަށެވެ.

މިނިސްޓަރ ސައީދު މިފަދައިން ވިދާޅުވެފައި ވާއިރު މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން ވެރިކަމާ ހަވާލުވިއިރުގައި ޤައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިޤްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top