މިސްކިތްތަކުންގެ އިމާމުންނާއި ޚުތުިބާ ކިޔާ ޙަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން ތަމްރީނު ލިބިގަތުމަށް 20 މީހަކު މިމަހު ސަޢުދީޢަރަބިއްޔާގެ މައްކާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ވިދާޅުވެފައިވަނީ އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރާ ފުރަތަމަ ބުރު މި މަހު 16 ގައި މައްކާއަށް ފުރާނެ ކަމަށެެވެ.
“އަދި މައްކާއަށް ފުރާ ދެވަނަ ބުރު ޝައްވާލު މަހުގައި ފުރާނެ” އިސްލާމީ ވަޒީރު ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ ޝަހީމް ވިދާޅުވެފައިވަނީ އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްެރާމްގައި ބައިވެރިވުމަށް 20 މީހަކު މައްކާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ވަޒީރު ޑރ ޝަހީމް އިތިުރަށް ވިދާޅުވެފައިވަނީ މިއަހަރު އިމާމުންނާއި ޚަތީބުން ތަމްރީނު ހޯދުމަށް މައްކާގެ އިތުރުން އިންޑޯނޭޝިޔާ، މިޞްރު، މެލޭޝިޔާ އަދި ބުރޫނާއި އަށް ވެސް ދާނެ ކަމަށެވެ.
އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް އިއްޔެ ގއ ގެމަނަފުށީގައި ފަށައިފައިވާ އިރު އެޕްރޮގްރާމްގައި ދެކުނުގެ އެކި ރަށްރަށުން 77 އިމާމަކު ދަނީ ބައިވެރިވަމުންނެވެ.
ވަޒީރު ޑރ.ޝަހީމް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގެ މަޤްސަދަކީ މިސްކިތްތަކުގައި ތިބި އިމާމުންނަކީ އިލްމީގޮތުން ފުދުންތެރި، ތަމްރީން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށެވެ.






