Close

މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު މީހަކު މަރުވެއްޖެ!

މާލޭގެ އިމާރާތެއްގެ 9ވަނަ ފަންގިފިލާއިން ވެއްޓުނު މީހަކު މަރުވެއްޖެއެވެ.

އެއިމާރާތަކީ މާލޭގެ ޗާންދަނީ މަގުގައި ހުންނަ އިމާރާތެކެވެ.

އެއިމާރާތުން ވެއްޓުނު މީހާ ވެއްޓިފައިވަނީ އެއިމާރާތުގެ 9ވަނަ ފަންގިފިލާގެ އޭސީ އެއް މަރާމާތު ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ސިޑި ގޮޅިން އެންމެ ތިރި އަށެވެ.

ފުލުހުން ބުނެފައިވަނީ އެ އިމާރާތުގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް 10:30 ލިބިފައިވާ ކަމަށާއި، ވެއްޓިފައިވަނީ 20 އަހަރުގެ އިންޑިޔާ ފިރިހެނެއް ކަމަށެވެ.

އައިޖީއެމްއެޗުގައި އޭނާ އަށް ފަރުވާދެމުންދިޔައިރުވެސް ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާއި ހަވާލާދީ އޭރު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

މިހާދިސާ ހިނގައިފައި ވަނީ ކުރީގެ ނާއިބު ރައީސް ޑރ މުޙައްމަދު ޖަމީލްގެ ލޯ ފާމް ހުންނަ އިމާރާތުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top