Close

ބަނގުރަލާއި އޫރުމަސް ވިއްކާ ތަންތަނުގައި މުސްލިމުން މަސައްކަތް ކުރުން ޙަރާމް: ފަތުވާ މަޖިލިސް

ޒަރޫރީ ޙާލަތެއް މެދުވެރިވެގެން ނޫންނަމަ ބަނގުރަލާއި އޫރުމަސް ވިއްކާ ތަންތަނުގައި މުސްލިމުން މަސައްކަތް ކުުރުމަކީ ޙަރާމް ކަމެއް ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިހުން ނެރުނު ފަތުވާއެއްގައި ބުނެފިއެވެ.

ފަތުވާ މަޖިލީހުން ބުނެފައިވަނީ ރާ ހަދާ ތަންތަނާއި، ރާ ވިއްކާ ތަންތަނާއި، ރަލުގެ މުއާމަލާތުކުރާ ތަންތަނުގެ އިތުރުން އޫރުމަހާއި، އޫރުމަހުގެ ބާވަތްތައް އުފައްދާ ވިއްކާ ތަންތަނުގައި، ނުވަތަ މި ދެ ބާވަތުންކުރެ ބާވަތެއްގެ ހިދުމަތްދޭ ތަންތަނުގައި މުސްލިމަކު އުޖޫރައަށް ނުވަތަ ވަޒީފާގެ ގޮތުން މަސައްކަތް ކުރުމަކީ އިސްޠިރާރީ ހާލަތެއްގައި މެނުވީ، އިސްލާމީ ޝަރީއަތުގައި ހުއްދަކަމެއް ނޫންކަމަށެވެ.

“އެއީ ޙަރާމް ކަމެއްކަން ކީރިތި ޤުރުއާނުންނާއި، ކީރިތި ރަސޫލާ ގެ ސުންނަތުންނާއި، މިއުންމަތުގެ އިންމުވެރިންގެ އިޖުމާއުން ސާބިތުވާކަމެއް” ފަތުވާދޭ މަޖިލީހުން ބުނެފައިވެއެވެ.

ފަތުވާދޭ މަޖިލީހުން ބުނެފައިވަނީ ހުރިހާ ޢިލްމުވެރިން އިއްތިފާޤު ވެވަޑައިގަންނަވާ ގޮތުގައި، މިފަދަ މަސައްކަތުން އާމްދަނީ ހޯދުމަކީ، ހަރާމްކަމެއް ކަމެއް ކަމަށާއި، އެބޭކަލުން އިސްތިސްނާ ކުރައްވަނީ، ދިރިއުޅުމަށްޓަކައި އެހެން މަސައްކަތެއް ލިބެން ނެތް ޒަރޫރީ ހާލަތްތަކުގައި ކަމަށެވެ.

ރަލާއި އޫރު މަހުގެ ޚިދުމަތްދޭ ތަންތާގައި މަސައްކަތް ކުރުން ހަރާމް ކަމަށް ފަތުވާދޭ މަޖިލީހުން ބުނެފައިވާއިރު، ރާއްޖޭގެ ރިސޯޓުތަކުގައި ރަލާއި އޫރުމަހުގެ ވިޔަފާރި ދަނީ ކުރަމުންނެވެ. އަދި އެފަދަ މުޢާމަލާތް ތަކުގައި ދިވެހި މުސްލިމް މުވައްޒަފުން ވެސް ދަނީ ބައިވެރިވަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top