Close

ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް 10 ބޭފުޅަކު ވާދަކުރައްވަނީ!

ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރެއްވުމަށް ފޯމް ހުށައެޅުއްވި ބައެއް ބޭފުޅުން.

ޖުމްހޫރީ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 10 ބޭފުޅަކު ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައަޅައިފިއެވެ.

ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރެއްވުމަށް ފޯމް ހުށައެޅުއްވި ބޭފުޅުންގެ ތެރޭގައި ކުރިންވެސް މަޖިލީހުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނެއެވެ.

އެގޮތުން މާމިގިލީ ދާއިރާއަށް ވާދަކުރެއްވުމަށް ޖޭޕީގެ ފަރާތުން ފޯމް ހުށައަޅުއްވައިފައިވަނީ މިހާރުވެސް އެ ގޮނޑީގައި ހުންނެވި ޤާސިމް އިބްރާހިމެވެ.

މީގެއިތުރުން އެޕާޓީގެ ފަރާތުން ކެންދޫ ދާޢިރާއަށް އެޕާޓީގެ ފަރާތުން ވަދަކުރައްވަން ހަމަޖެހިފައިވަނީ އެގޮނޑީގައި މިހާރުވެސް ހުންނެވި ޢަލީ ހުސެއިނެވެ.

މީގެއިތުރުން އެޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވަން ހަމަޖެހިފައިވަނީ ހުޅުމާލެ ދެކުނު ދާއިރާއަށް ވާދަކުރައްވަން ހަމަޖެހިފައިވަނީ ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ ގެ މަޤާމުގައި ހުންނެވި އަދި އެމްޕީ ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާއެވެ.

ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވަން ހަމަޖެހިފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި ޓްރާންސްޕޯޓް މިނިސްޓަރ ކަން ކުރެއްވެވި ޑރ އަމީން އިބްރާހިމެވެ.

އުނގޫފާރު ދާއިރާއަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވަން ހަމަޖެހިފައިވަނީ ރައީސް އިބްރާހިމް މުޙައްމަަދު ޞާލިޙްގެ ވެރިކަމުގައި ހެލްތް މިނިސްޓްރީ ކަން ދުވަސްކޮޅަކު ކުރެއްވެވި ޢަބްދުﷲ އަމީންއެވެ.

ދުވާފަރު ދާއިރާއަށް ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް ޢަބްދުﷲ ޔާމިންގެ ދައުރުގައި ހޯމް މިނިސްޓަރ ކަން ކުރެއްވެވި އަޒްލީން އަޙްމަދެވެ.

މީގެއިތުރުން ތިނަދޫ ދެކުނު ދާއިރާއަށް ޢަބްދުﷲ އަޙްމަދު، ދާންދޫ ދާއިރާއަށް ނިޝާމާ މުޙައްމަދު، އޭދަފުށީ ދާއިރާއަށް މުޙައްމަދު ނަސީރު އަދި ނޮޅިވަރަމް ދާއިރާއަށް ހުސެއިން ޝަހުދީ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top