Close

ހަތަރުދުވަހުގެ ދަތުރުފުޅެއްގައި ރައީސް އައްޑޫ އަށް!

ހަތަރުދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އައްޑޫ އަށް ކުރައްވާ މިދަތުުރުފުޅަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ހާލު އަހުވާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައްޔިތުންގެ އަޑު ގާތުން އައްސަވާނެ ކަމަށް ރައީސް ޑރ މުޢިއްޒު ވަނީ ކުރިންވެސް ވިދާޅުވެފައެވެ.

ރައީސް ހަތަރު ދުވަހަށް ކުރައްވާ މިދަތުރުފުޅު އައްޑޫ ސިޓީ އިން ފެއްޓެވިޔަސް ދެކުނުގެ ގިނަ ރަށްރަށަށް މިދަތުރުފުޅުގައި ވަޑައިގަތުމަށް ވަނީ ހަމެޖެހިފައެވެ.

އެގޮތުިން އައްޑޫ ސިޓީ ގަން، ހިތަދޫ، މަރަދޫ/ފޭދޫ، ސ. ހުޅުމީދޫ، ސ. ގަން އަދި ފުވައްމުލައްސިޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް ގދ. ފަރެސްމާތޮޑާ، ގދ. މަޑަވެލި، ގދ. ތިނަދޫ ގދ. ގައްދޫ، ގއ. ގެމަނަފުށި، ގއ. ކޮނޑޭ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި ގއ. ދާންދޫގެ އިތުރުން ގއ. ކޫއްޑޫއަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ވެރިކަމުގެ ހުވައި ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ކޮޅިމަޑުލުގެ ރަށްތަކަށެވެ. އެގޮތުން އެއަތޮޅުން އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންނެވީ ކޮޅުމަޑުލު ގުރައިދޫއަށެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށްވެސް ވަޑައިގެންފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top