ކައުންސިލްތަކުގެ އިހްތިސާސަށް 25 ރަށެއް ދޫކޮށްލުމަށް ނިންމައި ވަރުވާއަށް ނަގަން ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލައިފިއެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ކައުންސިލުތަކަށް މި ފަޅުރަށްތައް ދޫކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ޤަވާއިދުގެ ދަށުންނެވެ.
މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެ ޤަވާއިދަކީ އިޖުތިމާއީ އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް އެކުލަވާލާފައިވާ ޤަވާއިދެކެވެ.
މި ޤަވާއިދުގެ ދަށުން ފަޅުރަށްތައް ދޫކުރާނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކައުންސިލަށް ކަމަށާ އަދި މި ރަށްތައް ދޫކުރާނީ ގިނަވެގެން 21 އަހަރަށް ކަމަށް އެ ޤަވާއިދުގައި ބުނެފައިވެ އެވެ.
ކައުންސިލްތަކަށް ދޫކުރަން ނިންމި ފަޅުރަށްތަކުގެ ތެރޭގައި ހިމެނެނީ:-
ހދ. ފަރިދޫ
ހދ. ހިރިނައިދޫ
ށ. ނަރުރިނބުދޫ
ށ. މިގޫދޫ
ނ. ދީފުރަމް
ނ. އިނގުރައިދޫ
ރ. ހިބޫދޫ
ރ. ހުޅުދޫ
ރ. ނެޔޮ
ބ. މާއްޑޫ
ބ. ދަކަންދޫ
މ. މާހުރާ
ފ. މަކުނެއެރި
ދ. ފެންފުށި
ދ. މިނިމަސްގަލި
ތ. ފެންމީރުފުށި
ތ. ކަކޮޅަސް
ލ. ކަނޑަރު
ލ. ބޮޑުމާބުޅަލި
ގއ. ވިލިގަލާ
ގއ. މުނަންދުވާ
ގދ. މާނައިދޫ
ގދ. އާކިރަހުއްޓާ
ގދ. ވާރެޔަދުވާ
ގދ. ލޮނުދޫ
ފަޅު ރަށް ކުއްޔަށް ހޯދުމުގެ ފުރުސަތު ހުޅުވާލައިފައި ވާއިރު، ރަށްރަށުގެ ތަރައްޤީގެ ބޭނުމަށް ރަށްރަށުގެ ކައުންސިލްތަކުން އެދޭ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅުފަޅާއި ރަށްރަށް އެ ކައުންސިލްތަކަށް ހަވާލު ކުރެވޭނެ ގޮތަށް ހަމަޖައްސައި އެކަމުގެ އުސޫލު ސަރުކާރުން ވަނީ އާންމު ކޮށްފައެވެ.






