Close

އެމްޑީޕީގެ އައު ރައީސަށް ކުރީގެ ދެ ރައީސުންގެ މަރްޙަބާ!

ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް.

އިދިކޮޅު އެމްޑީޕީގެ ރައީސް ކަމަށް ހޮވުނު ކުރީގެ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު އަށް މަރްޙަބާ ދަންވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދު ކުރެއްވެވި ޓްވީޓެއްގައި ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް ކަމަށް ޢަބްދުﷲ ޝާހިދު ހޮވިވަަޑައިގަތުމަށް މަރުޙަބާ ދަންނަވާކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޝާހިދަށް މަރްޙަބާ ދަންނަވައި ޓްވީޓެއް ކުރައްވައިފައެވެ.

“އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގަތް ކުރީގެ ފޮރިން މިނިސްޓަރ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދަށް އިޚްލާސްތެރި މަރުހަބާއާއި މުބާރިކް ބާދީ ދަންނަވަން” ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.

މީގެ އިތުުރުން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ ޕާޓީގެ ރައީސްކަމުގެ މަޤާމްގައި ހުންނަވައިގެން ޤައުމާއި ރައްޔިތުންނަށް އަގުހުރި މަސައްކަތްތަކެއް އެމަނިކުފާނު ކޮށްދެވާނެކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށެވެ.

ރައީސް ޞާލިޙްގެ މި ޓްވީޓަށް ރައްދު ދެއްވައި ޢަބްދުﷲ ޝާހިދު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދީޅުވެފައިވަނީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމާއި، އެމްޑީޕީގެ އިސްލީޑަރުކަމާއި، ވަގުތީ ރައީސްގެ ހައިސިއްޔަތުން މަނިކުފާނު ދިވެހި ޤައުމާއި ރައްޔިތުންނާއި، އެމް ޑީޕީ އަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭހައި ގިނަގުނަ ތެދުވެރި އިޚްލާސްތެރި ޚިދުމަތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށެވެ. އަދި އަޅުގަނޑު މި ހަވާލުވި މަގާމުގެ ވާޖިބުތަށް އަދާކުރުމުގައި މަނިކުފާނުގެ ލަފަޔާއި އިރުޝާދާއި އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަންދެއްވާފައިވާކަމީ އިންތިހާއަށް ހިތްހަމަޖެހުން ލިބޭކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސް ކަމަށް ޢަބްދުﷲ ޝާހިދު ހޮވިފައިމިވަނީ ހުސްވެފައިވާ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލުމަށް އެޕާޓީ އިން ހުޅުވާލި ފުރުސަތުގައި އެމަޤާމަށް ވާދަކުރުމަށް ޝާހިދު ނޫން އެހެން ބޭފުޅަކު ނަން ހުށައަޅުއްވައިފައި ނުވުމުން އިންތިޚާބަކާއި ނުލައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top