Close

އަޅުގަނޑު ދޭ ޔަޤީން ކަމަކީ ރައްޔިތުން އެދޭ ގޮތައް ކަންކޮށްދީ ނަތީޖާނެރެދޭނަން: ރައީސް ޑރ މުޢިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

ރައްޔިތުންނަށް ދޭ ޔަޤީން ކަމަކީ ރައްޔިތުން އެދޭ ގޮތައް ކަންކޮށްދީ ނަތީޖާނެރެދޭނެ ކަމުގެ ޔަޤީން ކަން ކަމުގައި ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނަށް ކުރައްވަމުން ގެންދަވާ ދަތުުރުފުޅުގައި ގދ މަޑަވެއްޔަށް ވަޑައިގަންނަވައި އެރަށުގެ ރައްޔިތުންނައި ބައްދަލުކުރައްވައި ދެއްކެވިވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން ދާ ދަތުރުފުޅުތަކުގެ ބޭނުމަކީ ރައްޔިތުންނާ ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންތައް، ރައްޔިތުން ގާތުގައި ހުރެގެން އޮޅުންފިލުވައިގެން އެކަންކަމަށް ޙައްލު ގެނެސްދޭން މަސައްކަތް ކުރެއްވުން ކަމަށެވެ.

ރައީސް ވިދާޅުވީ ފިނިކޮޓަރީގައި ހުރެގެން މަސައްކަތް ކުރުމަކީ ވަރަށް ފަސޭހެ ކަމައް ކަމަށާއި، ކައުންސިލަރުން ސިޓީ ފޮނުވުން ނޫނީ ކައުންސިލް ތަކުން ވަފުދުތައް އައިސް ކަންކަމަށް އެދި އާދޭސް ކުރުމަކީ އެމަނިކުފާނަށް ކަމުދާ ކަމެއް ނޫން ކަމަށެވެ.

“އަޅުގަނޑު އަބަދުވެސް ބޭނުންވާ ގޮތަކީ، އަދި ކުރިންވެސް މަސައްކަތް ކުރި ގޮތަކީ އެއީ. މާލޭގައި މޭޔަރަކަށް ހުރިއިރުގައިވެސް، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑަށް ވޯޓުދީ، އަޅުގަނޑު އެ މަގާމަކަށް ހޮވާ ބޭފުޅުން ގާތުގައި، ރައްޔިތުން ގާތުގައި ކަންކަން އަހައިގެން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، އެ އަމާޒަށް ކަންކަން ކޮށްދޭން” ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ދެއްވާ ޔަޤީން ކަމަކީ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރުމުގައި ނަތީޖާ ނެރެ ދައްކައިދޭނެކަން ކަމަށެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top