ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ތަރުޖަމާނަކަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރ އަހްމަދު އީސަ ހަމަޖައްސައިފިއެވެ.
އެމްޑީޕީ އިން ވަނީ ޓްވިޓަރ މެދުވެރިކޮށް މިކަން އިޢްލާނުކޮށްފައެވެ.
އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ތަރުޖަމާނަކަށް ޢީސަ ހަމަޖައްސައިފަވާއިރު 20 ވަނަ މަޖިލީހުގެ ގޮނޑިތަކަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީއިންނެވެ. އެއީ 90 ގޮޑިއަކަށް 90 ކެނޑިޑޭޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން އިންތިޚާބުގައި ވާދަކުރުމަށް މުޅީ ޖުމްލަ 381 މީހަކު ވަނީ ފޯމަ ހުށައަޅައިފައެވެ. އެއީ 337 ފިރިހެނަކާއި 44 އަންހެނެކެވެ.
އޭގެ ތެރެއިން 326 ފިރިހެނެއްގެ ކެންޑިޑެސީ ޤަބޫލުކޮށްފައިވާއިރު 42 އަންހެނެއްގެ ކެނޑިޑެސީ އީސީ އިން ވަނީ ބަލައިގެންފައެވެ.
އިންތިޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން 4 ފިރިހެެނަކު ވަނީ ނަން އަނބުރައި ނަގައިފައި ކަމަށްވެސް އީސީ އިން ބުނެފައިވެއެވެ.
މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އީސީ އިން ނިންމައިފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަސް ރަމަޞާން މަހާއި ދިމާވާތީ އެމްޑީޕީ އިން ވަނީ އިންތިޚާބު ރަމަޟާން މަހުގެ ފަހުން ބޭއްވުމަށް ހުށައަޅައި އެކަން ވަނީ އެޕާޓީ އިން ނިންމައިފައެެވެ.






