ފ.އަތޮޅުން އައްޑޫ ސިޓީއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ ހުދު ސަމާލުގައި ބުނެފައިވަނީ ފ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ހެނދުނު 7:00ން ފެށިގެން 13:00 އާއި ހަމައަށް މޫސުން ގޯސްވެދާނެ ކަމަށެވެ.
އެގޮތުން ބޯކޮށް ވާރޭވެހުމާއި އެކު، ގުގުރުމާއި އެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
Alert White for heavy rain and thunderstorms. pic.twitter.com/R9iflWEfVi
— Maldives Meteorology (@MetMaldives) February 28, 2024
އިއްޔެވެސް އެސަރަހައްދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމަށް އަންނަ މިފަދަ ބަދަލުތަކާއި އެކު ދަތުރުފަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން އަބަދުވެސް އިރުޝާދުދެއެެވެ.






