“މަރުޙަބާ ރަމަޟާން” ގެ ނަމުގައި އިސްލާމީ ވުޒާރާއިން ދަރުހެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމީ ވުޒާރާއިން ބުނެފައިވަނީ 29 ފެބްރުއަރީ ވާ ބުރަސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިދަރުސް ދެއްވާނީ ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤްބޫލް ކަން ހޯދައިފައިވާ ޑރ އާދަމް ޝަމީމޭވެ.

ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު އާޓިފިޝަލް ބީޗުގައެވެ. އަދި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 20:30ގައެވެ.






