Close

ޒަކާތައް ހޭލުންތެރިކުރުމަށް ޒަކާތު ހައުސް އިން އައްޑޫ ސިޓީއަށް!

އައްޑޫ ސިޓީ. ފޮޓޯ: ޕީއެސްއެމް

ޒަކާތައް ހޭލުންތެރި ކުރުމަށް ޒަކާތު ހައުސްގެ ޓީމުތައް އައްޑޫ ސިޓީ އަށް ގޮސްފިއެވެ.

ޒަކާތު ހައުސްގެ މިދަތުރުތަކުގެ ބޭނުަމަކީ ޢާންމުން ޒަކާތައް ހޭލުންތެރިކުރުވުމެވެ.

ޒަކާތު ހައުސްއިން ކުރަމުން މިދާ ދަތުރުގައި ސަރުކާރުގެ މުޢައްސަސާތަކާއި ވިޔަފާރިވެރިންނަށް ޒަކާތާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ދަނީ ބާއްވަމުންނެވެ. އަދި މީގެ އިތުރުން މިސްކިތްތަކުގައިވެސް ޒަކާތާއި ގުޅޭ ދަރުސް ދަނީ ބާއްވަމުންނެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވުޖޫދަށް އައުމާއި އެކު ރާއްޖޭގެ ކަންކޮޅުތަކަށް ޒަކާތާއި ބެހޭ މައުލޫމާތު ފެތުރުމަށް ދަނީ ދަތުރު ކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ވަނީ ކުޅުދުއްފުށީ ސިޓީ އާއި ހއ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުކޮށްފައެވެ.

މިހަފްތާގެ ބަންދުގައި އައްޑޫ ސިޓީއަށް ކުރަމުންމިދާ ދަތުރުގައި އައްޑޫ ސިޓީގެ އެކިރަށްރަށަށް ޒިޔާރަތްކޮށް މިސކިތްތަކުގައި ޒަކާތާއި ބެހޭ ދަރުސްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ރޭގެ މަޢްރިބް ނަމާދުގެ ފަހުގައި އައްޑޫ ސިޓީ މަސްޖިދުލް ޙިދާޔާ އަދި ހުކުރު މިސްކިތުގައި ޒަކާތާއި ބެހޭ މަޢުލޫމާތު ދޭ ދަރުސް ް ވަނީ ދީފައެވެ.

އަދި ރޭގެ ޢިޝާނަމާދަށް ފަހު މަސްޖިދް ޢަބްދުﷲ ބިން އިބްރާހިމްގައި ޒަކާތާއި ބެހޭ ގޮތުން މަޢުލޫމާތު ދޭ ދަރުސް އެއް ވަނީ ބާއްވައިފައެވެ.

މީގެ އިތުރުން މިއަދުގެ ޢަސުރު ނަމާދުގެ ފަހުން މަސްޖިދް އިބްރާހިމްގައިވެސް ޒަކާތާއި ބެހޭ ދަރުސް އެއް ވަނީ ބާއްވައިފައެވެ.

އަދި މިރޭގެ މަޣްރިބް ނަމާދަށްފަހު މަސްޖިދް އިކްރާމްގައި އަދި ޢިޝާ ނަމާދަށް ފަހު މަސްޖިދުއް ތަޤްވާގައި ޒަކާތާއި ބެހޭ ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ހޮނިހިރު ދުވަހު މެންދުުރު ނަމާދަށް ފަހު މަސްޖިދުއް ޝޫރާ، ޢަސުރު ނަމާދަށް ފަހު މަސްޖިދް އިބްރާހިމް، މަޣްރިބް ނަމާދަށް ފަހު މަސްޖިދުލް އިޚްލާސް އަދި ޢިޝާ ނަމާދަށްފަހު މަރަދޫ ފޭދޫގެ މަސްޖިދުއް ތަޤްވާގައި ވަނީ ދަރުސް ބޭއްވުމަށް ހަމަޖެހިފައެވެ.

އަދި އާދީއްތަ ދުވަހުގެ މެންދުރު ނަމާދަށް ފަހު މަސްޖިދުއް ޝޫރާ އަދި ޢަސުރު ނަމާދަށް ފަހު މަސްޖިދުލް އަމާން ގައި ޒަކާތާއި ބެހޭ ދަރުސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top