Close

އަލިފުށީ ކައުންސިލުން ރައީސްގެ އަރިހުގައި އެދިވަޑައިގަތީ ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލަކަށް!

ރައީސް ޑރ މުޢިއްޒު އަލިފުށީ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާއި ބައްދަލިކުރެއްވުން. ފޮޓޯ: ރައީށް އޮފީސް

ރ އަލިފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދެއްވުމަށް އެރަށުގެ ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި އެކު ބޭއްވެވި ބައްދަލުވުމަގައި ރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަން ވަނީ ރައީސް ޑރ މުޢިއްޒާއި ޚިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްކުރުމާއި އިންޑަސްޓްރިއަލް މަސައްކަތް ކުރާ ސަރަޙައްދަށް ބިން އިތުރުކުރުމާއި ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ކުނިމެނޭޖްކުރުމުގައި ކަރަންޓުދިނުމުގައި ހުރި ދަތިތައް ހިމެނެއެވެ.

މީގެ އިތުރުންވެސް ޞިއްޙީ ދާއިރާއިން ބޭނުންވާ ކަންކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ. އ.ތ.މ ކޮމިޓީން އެކޮމިޓީގެ މަސައްކަތް ކުރިޔަށް ގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމުގެ މައްސަލައާ އަދި ޖުމްލަގޮތެއްގައި އ.ތމ. ކޮމިޓީތަކަށް އެކޮމިޓީތަކުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށްއެކަށީގެންވާ މާހައުލެއް ނެތްކަމުގެ ކަންބޮޑުވުން ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން ކަންކަން ކުރިޔަށް ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top