Close

މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ރައީސް މުޢިއްޒު ކަނޑައަޅުއްވައިފި!

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ: ރައީސް އޮފީސް

ބ އަތޮޅު މާއްޑޫއަކީ އޭދަފުށީގެ ބައެއްގެ ގޮތުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސް ޑރ މުޢިއްޒު މިކަން ހަމަޖެއްސެވި ކަން އިޢްލާނުކުރައްވައިފައިވަނީ އެމަނިކުފާނު ސޮއިކުރައްވައި އިޢުލާން ކުރެއްވި ޤަރާރަކުންނެވެ.

މި ޤަރާރުގައި ސޮއިކުރައްވާފައި ވަނީ އެދަފުށީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ބ. އަތޮޅު ކައުންސިލުގެ އިދާރާގައި ބޭއްވި ބައްދަލުކުރެއްވުން ފެށްޓެވުމުގެ ކުރިންނެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އޭދަފުށީގައި ހައުސިންގ މަޝްރޫއެއް އަވަހަށް ފެށުމާއި ބ. އަތޮޅު ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި ރަށަށް ކަރަންޓް ދިނުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ކައުންސިލުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ބޭނުންވުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޢިއްޒު ވަނީ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ސަމާލުކަންދެއްވައިގެން މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top