ބ ހިތާދޫ ބަނދަރުގެ މަރާމާތުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށުގެ ކައުންސިލުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަރިހުގައި އެދެފިއެވެ.
ރައީސް ޑރ މުޙައްމަދު މުޢއިްޒު މިހާރު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތާދޫ އަށް ވަޑައިގެން އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް އަވަހަށް ފެށިގެން ދިއުމާއި ބިންހިއްކައި ރަށުގައި ހައުސިންގ ޔުނިޓްތައް ޤާއިމުކުރުމަށް ބޭނުންވާކަމަށާއި މަގުހެދުމާއި ޞިއްޙީ މަރުކަޒުގެ ފެންވަރު މަތިކުރުމާއި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ހުރި ދަތިކަންތައްތައް އަދި މި ނޫންވެސް ބިނާރުގެ އެކިއެކި މަޝްރޫޢުތަކާއި ރަށުގެ ތަރައްޤީއަށް މުހިންމުކަންތައްތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ރައީސް ޑރ މުޢިއްޒު ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.






