Close

ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ: ދިވެހިރާއްޖެ

ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ރާއްޖެއިން ގޮވާލައިފިއެވެ.

ފަލަޞްޠީނުގެ މައްސަލައިގައި އޯއައިސީއިން ބާއްވަމުންދާ ޚާއްޞަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމަށެވެ.

އަދި މިކަމަކީ ކުއްލިއަކަށްއަމާންކަމާއެކު އުޅުމުގެ ޙައްޤު ފަލަޞްޠީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމުގައިވެސް ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ ޝަހީމް ވިދާޅުވީ ބައިނަލްއަޤުވާމީ ޤާނޫނަށް ވުރެ މަތީގައި ވަކި ޤައުމަކަށް އޮވެވިގެން ނުވާނެކަމަށާއި އިޒްރެއިލްގެ އަނިޔާވެރި ޢަމަލުތަށް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމުގައިވެސް ޑރ ޝަހީމް ވިދާޅުވިއެވެ.

އަދި ނަސްލެއް ނައްތާލަން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނިއްޔަތާ ޚިލާފަށް އިޒްރެއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ފިޔަވަޅު އަޅަން ގޮވާލައްވައި ފައިވެއެވެ.

ފަލަޞްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރަން ޖެހޭ ވަގުތަކީ މިއީކަމާއި ދިވެހިރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަޞްޠީނާއެކުގައި ކަމަށާއި ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރެވެން އޮތް ހުރިހައި ކަމެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަޤީންކަން މިޖަލްސާގައި ޑރ ޝަހީމް ވިދާޅުވިއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top