ރަމަޟާން މަހު ކައިވެނި ކޮށްދޭ ގަޑިތައް ޢާއިލާ އާއި ބެހޭ ކޯޓުން އިޢްލާނުކޮށްފިއެވެ.
އެގޮތުން ރަމަޟާން މަހު ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ:-
• ކޯޓުގައި ކައިވެނިކުރާނަމަ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށެވެ، އަދި ރޭގަނޑު 21:30 އިން 23:30 އަށް.
• ކޯޓުން ބޭރުގައި ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ކޮންމެ ދުވަހެއްގެ 21:30 އިން 23:30 އަށެވެ.
• ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކައިވެނިކޮށްދިނުމަށް ހަމަޖެހިައިވާ ގަޑިތަކަކީ:
• ކޯޓުގައި ކައިވެނިކުރާނަމަ ރަސްމީ ދުވަސްތަކުގެ 09:30 އިން 12:30 އަށް އަދި 16:00 އިން 17:30 އަށް، އަދި ރޭގަނޑު 19:30 އިން 21:30 އަށް.
• ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ގަޑިތަކަކީ ކޮންމެ ދުވަހެއްގެ 16:00 އިން 17:30 އަށް.
ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގައި ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިކަމުގައި ހަމަޖައްސާފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އެވެ. އަދި އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
އިސްލާމިކް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 11 ވަނަ ދުވަހެވެ.






