Close

ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް ޢަބްދުއްރަޙީމް ދެއްވާ މާހެފުން މާދަމާރޭ!

ޢަބްދުއް ޜަހީމް ޢަބްދުﷲ.

ލ ފޮނަދޫ ދާއިރާގެ ރައްޔިތުންނަށް، އެދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓް ޢަބްދުއް ރަޙީމް ޢަބްދުﷲ ދެއްވާ މާހެފުމެއް މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ސަރުކާރުގެ ތަމްސީލް ކުރާ ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަންގެ ފަރާތުން ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޢަބްދުއްރަޙީމް އެދާއިރާގެ މާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ދެއްވާ މި މާހެފުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ޝަހީދު ޢަލީ މިސްކިތް ކައިރީގައި ހުންނަ ހ.ޕިންކް ސްޓަރ ގައެވެ.

މި މާހެފުން ފެށުމަށް ހަމަޖެހިފައިވަނީ އެރޭގެ 20:45 ގައެވެ.

ޢަބްދުއް ރަޙީމް އަބްދުﷲ އަކީ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރައްވަވައިފައިވާ ބޭފުޅެކެވެ. އަދި މިހާރުގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ޢަބްދުއް ރަޙީމް ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ.

މިހާރު ޢަބްދުރަޙީމް ހުންނެވީ ރައީސްގެ ސްޕެޝަލް އެޑްވައިޒަރ ގެ މަޤާމުގައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top