Close

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މާރުކޭޓުގެ ގޮޅިތައް ހިލޭ ދޫކުރަނީ!

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޯކަލް މާރުކޭޓްގެ ގޮޅިތައް ހިލޭ ދޫކުރުމަށް ހުޅުވައިލައިފިއެވެ.

ހައުސިންގެ ޑިވަލޮޕްމެންޓް ކޯޕަރޭޝަން އިން ރޭ ނެރުނު އިޢްލާނެއްގައި ބުނެފައިވަނީ ފެބްރުއަރީ 28 ގައި ފޭސް ދޭއްގެ ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވުނު ނަމަވެސް މުއްދަތް ހަމަވިއިރު އެކަމަށް ޝައުގުވެރިވެ އެއްވެސް ފަރާތަކުން ހުށައަޅާފައިނުވާ ކަމަށެވެ.

އެހެން ކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުއްޔަކާ ނުލާ ގޮޅިތައް ދޫ ކުރަން ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

އެޗްޑީސީން އިތުރަށް ބުނެފައިވަނީ، ހިލޭ ގޮޅި ދޫކުރަން ހަމަޖެހިފައިވަނީ 2 އަހަރުގެ މުއްދަތަކަށް ކަމަށާ މި 2 އަހަރުގެ މުއްދަތުގައި އެއްވެސް ކުއްޔެއް ނުނަގާނެ ކަމަށެވެ. އެގޮތުން ޖުމްލަ 16 ގޮޅިއެއް މި އުސޫލުން ދޫކުރާނެ ކަމަށާއި، ގޮޅި ދޫކުރާނީ ހުޅުމާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެކޯޕަރޭޝަނުން ބުނެފައިވެއެވެ.

އެހެންކަމުން، އެކަމަށް ޝައުގުވެރިވާ ހުޅުމާލެ ރައްޔިތުންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާ، ފޯމު ދޫކުރާނީ 9 މަރޗް ވާ ހޮނިހިރު ދުވަހު ހެނދުނު 9:30 އިން 11:00 އަށް ގާޒީ ސުކޫލުގައި ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ފޯމް www.hdc.mv އަދި properties.hdc.mv އިންވެސް ލިބެން ހުންނާނެ ކަމަށް އެޗްޑީސީގެ އިއުލާނުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top