Close

ހޯމަދުވަހުން ފެށިގެން ޒަކާތްބަލައިގަންނަން ފަށާނެ!

އަންނަ ހޯމަދުވަހުން ފެށިގެން ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން ބުނެފައިވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 6 ވަނަ ދުވަހާ ހަމައަށް އޮންލައިންކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށެވެ. މީގެއިތުރުން ރަމަޟާންމަހުގެ ފަހު 10 ސަރުކާރު ބަންދުވި ނަމަވެސް ޒަކާތް ދެއްކޭނެ އިންތިޒާމް އެއިދާރާއިން ހަމަޖައްސައިފައިވެއެވެ.

އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތް

* ދިރާގް އެޕް/ދިރާގު ޕޭ އަދި އެސްއެމްއެސް މެދުވެރިކޮށް

* އުރީދޫ އެމްފައިސާ އަދި އެސްއެމްއެސް މެދުވެރިކޮށް

* މޯލްޑިވްސް އިސްލާމިކް ބޭންކް، ފައިސާ މޮބައިލް އެޕްލިކޭޝަން އަދި ފައިސާ ނެޓް

* ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް

* ފަހިޕޭ އެޕްލިކޭޝަން އަދި ވެބްސައިޓް

* ބަނޑޭރި ޕޭ

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ކަނޑައަޅަނީ ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން 2.4ކިލޯ އަށް ވާ އަގުންނެވެ.

މާލެ ސަރަޙައްދުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

* އާދައިގެ ހަނޑޫ - 12 ރުފިޔާ* ތައިލެންޑް ހުދު ހަނޑޫ - 70 ރުފިޔާ* ރަތް ހަނޑޫ - 80 ރުފިޔާ* ބާސްމަތީ ހަނޑޫ (އާދައިގެ) - 70 ރުފިޔާ* ބާސްމަތީ ހަނޑޫ (މޮޅު) - 100 ރުފިޔާ* ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 125 ރުފިޔާ* އާދައިގެ ފުށް - 10 ރުފިޔާ* އާޓާ ފުށް - 75 ރުފިޔާ

ޒަކާތު ހައުސްއިން ބުނެފައިވަނީ ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެކަމަށެވެ. އުމުރުން ދުވަސްވީ އަދި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން މީހުންނަށް ޚާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށެވެ.

އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:30 އިން 13:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. އަދި ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވުމުން ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

ޒަކާތު ހައުސްއިން ބުނީ ރަށްރަށުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އެރަށެއްގެ ކައުންސިލްތަކުން ހަމަޖައްސަވާނެކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top