11 މާރޗް 2024 ވަނަ ދުވަހުގެ ހަތަރު ގަޑިއިރު ތެރެއިން 22.5 ޓަނު ކުނި ނެގިފައިވާ ކަމަށް މާލޭގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ޢާޒިމް ވިދާޅުވެފައިވަނީ 11 މާރޗް 2024 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ ހީވާގި މުވައްޒަފުން މާލެ ތެރެއިން 22.5 ޓަނު ކުނި ނަގައިފަވާ ކަމަށެވެ. އަދި މިފާއިތުވި 16 ދުވަސްތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުން 222.5 ޓަނު ކުނި ނެގިފައިވާ ކަމަށެވެ. އަދި އެއީ 25 ފޫޓުގެ 9 ކޮންޓޭނަރުގެ ކުނި ކަމަށްވެސް ޢާޒިމް ވަނީ ވިދާޅުވެފައެވެ.
“އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް” މޭޔަރ ޢާޒިމް ވިދާޅުވެފައިވެއެވެ.
11 މާރޗް 2024ވީ ހޯމަދުވަހު އެންމެ 4 ގަޑިއިރުން 22.5 ޓަނުގެ ކުނި MaleCitymv@ ގެ ހީވާގި މުވައްޒަފުން ނެގި. މިދިޔަ 16 ދުވަސްތެރޭ 222.5 ޓަނުގެ ކުނި މާލެ ތެރެއިން ނެގުނު. މިއީ 25 ފޫޓުގެ 9 ކޮނޓޭނަރުގެ ކުނި.
އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ… pic.twitter.com/Ux7cinHQMz
— Adam Azim (@adamazim) March 11, 2024
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ ގޭބިސީތަކުން ގޭތެރެ ސާފުކޮށް ނެރުނު ކުނިން މުޅި މާލޭތެރެ ވަނީ ނުސާފުވެފައެވެ.
މަގުތަކާއި ގޯޅިތަކުގެ ކަންމައްޗަށް ކުނި ނެރެ ބޭނުންނުކުރާ ތައްޓާއި ތެލި އަދި ހަލާކުވެފައިވާ ފަރުނީޗަަރު ފަދަ ތަކެތި ނެރެ ވަނީ ބަހައްޓައިފައެވެ.






