Close

ދަރިވަރުންގެ ފުރަތަމަ އިޙްޔާފޯރަމް މިރޭ!

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމް ކޮށްގެން ބާއްވާ އިޙްޔާ ފޯރަމްގެ މިއަހަރުގެ ދަރިވަރުންގެ އިހްޔާ ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެއެވެ.
ދަރިވަރުންގެ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމް މިރޭ އޮންނައިރު މިރޭގެ ފޯރަމް ހުށައަޅައިދޭނީ އަލްމަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނެވެ.
މިފޯރަމް އޮންނާނީ މިރޭ 21:20ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މިރޭގެ އިހްޔާ ފޯރަމްގެ މައުޟޫއެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ މަސްޖިދުލް އަޤްޞާ އާއި މުސްލިމުންނާއި ގުޅިފައިވާ ގުޅުމެވެ. މިރޭގެ އިޙްޔާ ފޯރަމްއަށްވެސް އާންމުންނަށް ބައިވެރިވެވޭނެހެން ވަނީ ހުޅުވައިލައިފައެވެ.
މިދިޔަ 1444 ވަނަ އަހަރުގެ ރަމަޟާން މަހުވެސް ސްކޫލް ދަރިވަރުންގެ އިޙްޔާ ފޯރަމް ބާއްވައިފައިވެއެވެ.
1445 ވަނަ އަހަރުގެ ފުރަތަމަ އިހްޔާ ފޯރަމް ބާއްވައިފައިވަނީ ރޭ ލ.ފޮނަދޫގައެވެ. މި ފޯރަމްގައި ތަޤްރީރް ކުރައްވައިފައިވަނީ އިސްލާމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް ޢަބްދުﷲ ސަޢުދާންްއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top