Close

ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި މީރާއަށް 2.33 ބިލިއަން ރުފިޔާ ލިބިފައިވޭ!

މިފާއިތުވި ފެބްރުއަރީ މަހު އާމްދަނީގެ ގޮތުގައި މީރާއަށް 2.33 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާގެ އާމްދަނީ ރިޕޯޓު ބުނެފިއެވެ.

މިީރާގެ އަމްދަނީ ރިޕޯޓުގައި ބުނެފައިވަނީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 33.7% އިތުރު ޢަދަދެއް ކަމަށެވެ. އަދި، ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޢަދަދަށްވުރެ ވެސް 22.3% އިތުރު ޢަދަދެއް ކަަމަށެވެ.

2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ފެބްރުއަރީ 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީއެސްޓީ އިން ލިބުނު އާމްދަނީ އިތުރުވުމާއި، ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓް ގެ ފައިސާ ސުންގަޑީގެ ފަހުން ދައްކާފައިވުން ކަމަށްވެސް މީރާގެ ރިޕޯޓުން ބުނެއެވެ.
ޖެނުއަރީ 2023 އާ އަޅައިބަލާއިރު ޖެނުއަރީ 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 11.5% އަށް އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ ވެސް ވަނީ އިތުރުވެފައެވެ.

މީގެ އިތުރުންވެސް، އެކްސްޕަޓްރިއޭޓް ކޯޓާ ފީ އަދި ބޭންކް އިންކަމް ޓެކްސް ގެ ތެރެއިން ނުދައްކާ ހުރި ފައިސާ މީރާއިން ވަނީ ބަލައިގަނެފައެވެ. މިކަމުގެ ސަބަބުންވެސް ފެބްރުއަރީ 2023 އާ އަޅައިބަލާއިރު 2024 ގައި ލިބިފައިވާ އާމްދަނީ އިތުރު ވެފައި ވާކަން މީރާއިން ފާހަގަ ކޮށްފައިވެއެވެ.

މިދިޔަ މަހު މީރާއިން އާމްދަނީގެ ގޮތުގައި 100.34 މިލިއަން އެމެރިކާ ޑޮލަރުވެސް ވަނީ ބަލައިގަނެފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top